ނޫސްވެރިކަމާ ގުޅޭ މުހިންމު މަޝްވަރާތަކާ އެކު، އޭޝިއާ ވިޝަން ނިއުސް ކޯޑިނޭޓަރުންގެ ބައްދަލުވުން ބާއްވައިފި
ސަން
23 ޖެނުއަރީ 2026 | ހުކުރު | 5:40
މެލޭޝިއާ ކުއާލަލަމްޕޫރުން، މުޙައްމަދު ނާއިލް ޙަފީޒް:
އޭޝިއާ ވިޝަން ނެޓްވޯކް (އޭވީއެން) ގެ މެންބަރު މީޑިއާތަކާ އެކު ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ކޯޑިނޭޓަރުންގެ، މި އަހަރުގެ ބައްދަލުވުން މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބާއްވައިފިއެވެ.
އޭވީއެންއަކީ، އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ)ގެ ނިއުސް ޑިޕާޓްމާންޓުން ހިންގާ ޚާއްސަ މަންސަކެވެ. މިއީ އޭބީޔޫގެ މެންބަރު މީޑިއާތަކުގެ މެދުގައި އެ މީޑިއާއަކުން ކަވަރުކުރާ މުހިންމު ޚަބަރުތަކާ ބެހޭ ވީޑިއޯ ހިއްސާކޮށް، އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކުގައި ހިނގާ ކަންކަމުގެ ވީޑިއޯ ފަސޭހައިން ހޯދޭ ޕްލެޓްފޯމެކެވެ.