ފްލެޓާއި ގޯއްޗަށް ކުރިމަތިލާން، މާލޭގައި ދިރިއުޅޭކަމުގެ ލިޔުން ދެވެން ނެތްކަމަށް މަޑަވެލީ ކައުންސިލުން ބުނެފި
ސަން
23 ޖެނުއަރީ 2026 | ހުކުރު | 7:37
އެ ކައުންސިލުން މީގެ ކުރިން ބެލެހެއްޓި މައުލޫމާތުތަކަކަށް ނުވާތީ، މި ސަރުކާރުގެ ފްލެޓާއި، ގޯތީގެ ސްކީމަށް ކުރިމަތިލާ ގދ. މަޑަވެލީ ރައްޔިތުންނަށް އެ މީހަކީ މާލޭގައި ދިރިއުޅެމުން އައި މީހެއްކަން އެނގޭފަދަ ލިޔުމެއް ދެވެން ނެތްކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
އެ ރަށު ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައިވަނީ މި ސަރުކާރުން އިއުލާނުކުރި "ބޯހިޔާވަހިކަން އެންމެނަށް" ސްކީމުގެ ދަށުން ދޫކުރާ ބިމާއި، ފްލެޓަށް ކުރިމަތިލުމަށް ޓަކައި އެ ފަރާތަކީ މާލޭގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ ލިޔުން ހޯދުމަށް ހުށަހަޅަމުން އަންނަ ކަމަށެވެ.
އެހެން އެދި ހުށަހަޅާ ފަރާތްތަކުން މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުކޮށްދިނުމަށް ހުށަހެޅިދާނެ ލިޔެކިޔުންތަކުގެ ތެރޭގައި، ދައުލަތުގެ އިދާރާއަކުން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކާއި މަޢުލޫމާތުތަކުން މާލޭގައި ދިރިއުޅުނުކަން ސާބިތުވާނަމަ، އެއިދާރާއަކުން ދީފައިވާ ލިޔުން ހުށަހެޅިދާނެކަމަށް އޮވެއެވެ.