ނައްތައިލަން ބޭނުންވާ މުސްހަފްތައް މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވައިލައިފި
ސަން
23 ޖެނުއަރީ 2026 | ހުކުރު | 8:53
މާލޭގެ ގޭގޭގައި ނައްތައިލަން ހުރި ކީރިތި ގުރުއާނުގެ މުސްހަފްތަކާއި، ވަކިވަކި އާޔަތްތައް ހުރި ނަމަ މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން އެ އިދާރާއިން އިއްޔެ ހުޅުވައިލައިފިއެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައިވަނީ، މާލެ ސިޓީގެ ގޭގޭ ގައި ހުރި، ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ މުޞްޙަފްތަކާއި ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލާގެ ޙަދީޘްތައް ލިޔެފައި ހުންނަ ފޮތްތަކާއި ލިޔުންތައް، ކައުންސިލާ ހަވާލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފައިވާ ކަމަށެވެ.
އެގޮތުން މާދަމާއިން ފެށިގެން އަންނަ ބުރާސްފަތީގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 1:00 އިން ހަވީރު 5:00 އަށް ތަކެތި ބަލައިގަންނާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.