ކުނިތަކެއްގައި ރޯވެ އަމާން ދޯދި ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ސަން

23 ޖެނުއަރީ 2026 | ހުކުރު | 9:08

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ އަމާން ދޯދި ޓަވަރު އެކެއްގައި ގްރައުންޑް ފްލޯގައި ހުރި ކުނިތަކެއްގައި ރޯވެ، މިއަދު މެންދުރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ މި ހާދިސާ ހިނގާފައިވާނީ އަމާން ދޯދި ޓަވަރު އެކެއްގެ ގްރައުންޑް ފްލޯގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށެވެ.

މި ހާދިސާ ރިޕޯޓުކުރުމާއެކު އެމްއެންޑީއެފްގެ ފަޔާ ރެސްކިއުއިން ވަގުތުން ހަރަކާތްތެރިވެ އަލިފާން ނިވައިލި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި މިހާރު އެ ސަރަހައްދު އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް ވެސް ބުންޏެވެ.

މައުޟޫޢުތަށް