ގެވެށި އަނިޔާގެ މައްސަލައެއްގައި މީހެއްގެ ފޯނު ފުލުހަށް ހޯދަން ހުރަސް އެޅުމުން ހައްޔަރަށް

ސަން

23 ޖެނުއަރީ 2026 | ހުކުރު | 11:06

ގެވެށި އަނިޔާގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން އެކަމަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ ދ. މީދޫގައި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ވާޖިބަށް ހުރަސް އެޅި މައްސަލައިގެ އިތުރަށް، ގެވެށި އަނިޔާގެ މައްސަލަ ވެސް ބަލަމުން އަންނަކަމަށް ވަނީ ބުނެފައެވެ.

މައުޟޫޢުތަށް