ހުރިހާ ރަށެއްގައި މި އަހަރު ލެބޯޓްރީ ގާއިމުކޮށް، އާންމު ޓެސްޓުތައް ހެދޭ ގޮތް ހަދަނީ
ސަން
24 ޖެނުއަރީ 2026 | ހޮނިހިރު | 10:40
މި އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކޮށް، އާންމު ޓެސްޓުތައް ހަދަން ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެއެވެ.
'ތަރުޖަމާނާ އެކު' ޕޮޑްކާސްޓުގައި މިނިސްޓަރު ވިދާޅުވީ، އަތޮޅުތަކުގެ ޚިދުމަތްތައް ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމަށެވެ. މި ގޮތުން، އަތޮޅުތެރެއަށް ސިއްހީ ނިޒާމު ފުޅާކުރުމުން މާލެއަށް ބަރޯސާވާ މިންވަރު ކުޑަވެ، މާލޭގެ ހޮސްޕިޓަލުގެ ކިޔޫ ކުޑަވުމަށް މަގުފަހިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ސިއްހީ ނިޒާމުގައި ސަރުކާރުން އެންމެ އިސްކަންދެނީ އަތޮޅުތަކުގައި ޑައިގްނޯސްޓިކް ފެސިލިޓީތައް ވަރުގަދަ ކުރުމަށެވެ. ޑައިގްނޯސްޓިކް ފެސިލިޓީއަކީ އާންމު ޓެސްޓުތައް ހަދާ ލެބޯޓްރީ ފަދަ ތަންތަނެވެ.