މިދިޔަ އަހަރު ދަރަނި ދެއްކުމާއި އިންޓްރެސްޓަށް 9.8 ބިލިއަން، މަޝްރޫއުތަކަށް ވުރެ ބޮޑު އަދަދެއް

ސަން

24 ޖެނުއަރީ 2026 | ހޮނިހިރު | 11:06

މިދިޔަ އަހަރު ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާއި ދަރަނީގެ އިންޓްރެސްޓަށް ދައްކަންޖެހޭ ފައިސާއަށް 9.8 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިހާތަނަށް ދަރަންޏާއި އިންޓްރެސްޓަށް މިހާ ބޮޑު އަދަދެއް ހޭދަކުރި ފުރަތަމަ ފަހަރެވެ.

ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ދަރަނި އަނބުރާ ދައްކަން ދައުލަތުގެ ބަޖެޓުން 5.2 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެއީ، އެ އަހަރަށް ބަޖެޓުކުރި 3.8 ބިލިއަނަށްވުރެ ބިލިއަނަކަށްވުރެ ވެސް އިތުރު އަދަދެކެވެ. އަދި، އޭގެ ކުރީ 2024 ވަނަ އަހަރު ޚަރަދުކުރި 2.3 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު މިއީ 122 އިންސައްތައިގެ އިތުރުވުމެކެވެ.

މައުޟޫޢުތަށް