ދަރިވަރުންނަށް ކުރާ އިންވެސްޓްމަންޓަކީ ހަރުދަނާ ގައުމެއް ބިނާކުރަން ކުރެވޭ މުހިންމު މަސައްކަތެއް: ރައީސް

ސަން

24 ޖެނުއަރީ 2026 | ހޮނިހިރު | 11:14

ދަރިވަރުންގެ ކުރިއެރުމަށް ކުރެވޭ އިންވެސްޓުމަންޓަކީ ހަމައެކަނި އެ ކުދިންގެ މުސްތަބަލަށްޓަކައި ކުރާ ކަމެއް ނޫން ކަމަށާއި އެއީ ހަރުދަނާ ގައުމެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ތައުލީމީ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، ތައުލީމަކީ ދެމެހެއްޓެނިވި ތަރައްގީއާއި ދުނިޔެއަށް އަންނަ ކުރިއެރުމުގެ މައިގަނޑު ބިންގާކަން މިއަދު ހަނދާންކޮށްދޭ ކަމަށެވެ.

އެ ގޮތުން، ތަޢުލީމީ ނިޒާމު ބައްޓަންކުރުމުގައި ޒުވާނުންގެ ދައުރު ފުޅާކޮށް، އެ ކުދިން ބާރުވެރި ކުރުވުމަށާއި ހެޔޮ ބަދަލުތަކެއް ގެންނާނެ ފަދަ އުނގެނުމުގެ މާޙައުލެއް ކަށަވަރުކޮށްދިނުމަށް މިއަދު އަޒުމު އާކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް