އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް އަލުން އާސަންދަ ދޭން ފަށައިފި
ސަން
24 ޖެނުއަރީ 2026 | ހޮނިހިރު | 1:31
އަގުތައް ބޮޑުވުމުން އާސަންދަ ދިނުން ހުއްޓާލި، އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް އަލުން އާސަންދަ ދޭން ފަށައިފިއެވެ.
ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލީ، ޖުލައި 2024 ގައެވެ. އޭރު މެދުކަނޑާލީ، ހަމައެކަނި އައު ޕޭޝަންޓުންނަށެވެ.
އޭރު، އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވީ، އެ ޚިދުމަތްތައް ދިނުން ހުއްޓާލީ އަގުތައް ބޮޑުވުމުން ކަމަށާއި އަގުތައް ހެޔޮކޮށް ޚިދުމަތްތައް ދިނުމާ ގުޅޭގޮތުން މަޝްވަރާތައް ކުރާކަމަށް ޒީނިއާ ވިދާޅުވިއެވެ.