ޗާގޯސްގެ ސިޔާދަތީ ބެލެނިވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދިވެސް އެބައޮތް: ނަޝީދު
ސަން
24 ޖެނުއަރީ 2026 | ހޮނިހިރު | 6:39
ޗާގޯސްގެ ސިޔާދަތީ ބެލެނިވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދި އެބައޮތް ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ، ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ "އެކްސްޕްރެސް" ނޫހަށް މިދިޔަ ބުދަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނިކޮށެވެ.
އެގޮތުން 'އެކްސް'ގައި ނަޝީދު ލިޔުއްވި ޕޯސްޓެއްގައި ވަނީ، ފޯޅަވަހި ހިމެނޭ ޗާގޯސް ޖަޒީރާތައް މޮރިޝަސްއަށް ދިނުމުގެ ބިލު، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ވޯޓަށް ތައްޔާރުވެފައިވަނިކޮށް، ބިލަށް ވޯޓު ދިނުން މަތިގެއިން ފަސްކޮށްފައިވާ ކަމަށެވެ.