އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ފުލެޓުތަކުގެ މައުލޫމާތު ހޯދަމުން އަންނަ ކަމަށް ބުނެ، ސަމާލުވާން އެދިއްޖެ
ސަން
24 ޖެނުއަރީ 2026 | ހޮނިހިރު | 7:02
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި، އާންމުންނަށް ދޫކޮށްފައިވާ ފުލެޓުތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ބަޔަކު އޮޅުވާލައިގެން މައުލޫމާތު ހޯދަމުން އަންނަ ކަމަށް ބުނެ، އެކަމަށް ސަމާލުވާން އެ ކޯޕަރޭޝަނުން އެދިއްޖެއެވެ.
އެޗްޑީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، އެޗްޑީސީގެ ނަމުގައި އާދައިގެ މެސެޖާއި ކޯލުތަކާއި ވައިބާ މެދުވެރިކޮށް އޮޅުވާލައިގެން މައުލޫމާތު ހޯދުމަށް ބަޔަކު މަސައްކަތްކުރަމުން އަންނަކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ފުލެޓުތަކާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއް ކުރުމަށް އެ ކޯޕަރޭޝަނުން ވައިބާ މެދުވެރިކޮށް ވެސް އާދައިގެ ކޯލު މެދުވެރިކޮށް ވެސް ނުގުޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.