ތަމްރީނަށް ފުރި ދަރިވަރުންނަކީ ގައުމިއްޔަތު ދިރުވުމަށް ޝައުގުވެރިވާ، އުފެއްދުންތެރި ބަޔަކަށް ހަދަން އިސްކަންދޭނަން: ރައީސް

ސަން

24 ޖެނުއަރީ 2026 | ހޮނިހިރު | 8:19

ގައުމީ ޚިދުމަތުގެ ތަމްރީނުގެ މުއްދަތުގައި، ތަމްރީނުގައި ބައިވެރިވުމަށް މިއަދު ފުރި ދަރިވަރުންނަކީ ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ޝައުގުވެރިވާ، އަދި އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް އިސްކަންދެވޭނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު، ގައުމީ ޚިދުމަތުގެ ދެވަނަ ބެޗުގެ ދަރިވަރުން ވަނީ ތިން މަހުގެ ތަމްރީނަށް ޅ. މާފިލާފުށްޓަށް ފުރައިފައެވެ. އެމްއެންޑީއެފުން ބުނީ، 112 ރަށަކުން އެ ތަމްރީނު ޕްރޮގްރާމުގައި 286 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުން ބައިވެރިވި ކަމަށެވެ.

ކަންދިމާކުރި ގޮތުން، ގައުމީ ޚިދުމަތުގެ ދެވަނަ ބެޗުގެ ދަރިވަރުން ތަމްރީނަށް ފުރި ދުވަސް ދިމާވީ ބައިނަލްއަގުވާމީ ތައުލީމުގެ ދުވަސް ފާހަގަކުރާ ދުވަހާއެވެ.

މައުޟޫޢުތަށް