20 ދުވަހުން ދިއްދޫ ބިމުގެ 41 ހެކްޓަރު ހިއްކައިފި

ސަން

24 ޖެނުއަރީ 2026 | ހޮނިހިރު | 9:03

ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށާއި އަސާސީ އެހެނިހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 20 ދުވަސްތެރޭ 41 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ ކަމަށް، އެ މަސައްކަތްކުރާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ (އެމްއޭސީއެލް)އިން މިއަދު ބުނެފިއެވެ.

ދިއްދޫގެ ހުޅަނގު ފަރާތް ހިއްކުމުގެ މަޝްރޫއުގެ ދަށުން، އެމްއޭސީއެލުން 110 ހެކްޓަރުގެ ބިމެއް އެ ރަށަށް އިތުރުކުރާނެއެވެ. އެ މަސައްކަތް އެމްއޭސީއެލުން ފެށީ މިމަހުގެ ފަސްވަނަ ދުވަހުގެ ފަތިހެވެ.

://./216292

މައުޟޫޢުތަށް