މިދިޔަ 2 ދުވަހު ހުޅުމާލެއިން ޓޯކުރީ އެންމެ 14 އުޅަނދު
ސަން
25 ޖެނުއަރީ 2026 | އާދިއްތަ | 11:12
މިދިޔަ ދެ ދުވަހު ހުޅުމާލޭއިން ޓޯކުރީ އެންމެ 14 އުޅަނދުކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އަންނަނީ ކޮންމެ ދެ ދުވަހަކުން ޓޯކުރާ އުޅަނދުތަކާއި، ޖޫރިމަނާކުރާ އުޅަނދުތަކުގެ ތަފާސް ހިސާބުތައް އާންމުކުރަމުންނެވެ.
އެގޮތުން މިއަދު ފުލުހުން އާންމުކުރި ތަފާސްހިސާބުގައިވާގޮތުން ހުޅުމާލެއިން ޖުމްލަ 14 އުޅަނދު މިދިޔަ ދެ ދުވަހު ވަނީ ޓޯކޮށްފައެވެ. އެއީ ދެ ފުރޮޅުލީ 13 އުޅަނދާއި، ހަތަރު ފުރޮޅުލީ އެއް އުޅަނދެވެ.