ވިލިމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ބަންގްލަދޭޝްގެ ހަތަރު މީހަކު ހައްޔަރުކޮށްފި
ސަން
25 ޖެނުއަރީ 2026 | އާދިއްތަ | 11:53
މިދިޔަ ހަފުތާ ބަންދުގައި ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާ ގުޅިގެން ހަތަރު ބިދޭސިއަކު ހައްޔަރުކޮށްފިއެވެ.
މީޑިއާ އާ ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ، މިދިޔަ ހުކުރު ދުވަހު ހަވީރު ހަތަރެއް ޖަހާކަންހާއިރު ވިލިމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ބަންގްލަދޭޝްގެ ހަތަރު ފިރިހެނަކު ހައްޔަރުކުރި ކަމަށެވެ.
އެއީ 21 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކާއި 35 އަހަރުގެ ދެ މީހެކެވެ.