ގޯއްޗާއި ފުލެޓަށް އެދި މިހާތަނަށް 1616 ފޯމު ހުށަހަޅައިފި
ސަން
25 ޖެނުއަރީ 2026 | އާދިއްތަ | 12:28
މި ސަރުކާރުން ހުޅުވައިލި ބޯހިޔަވަހިކަމުގެ ސްކީމަށް މިހާތަނަށް 1،616 މީހުން ފޯމު ހުށަހަޅައިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މި ސަރުކާރުގެ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން 7،605 އެޕްލިކޭޝަން ޑްރާފްޓް މަރުހަލާގައި އެބައޮތް ކަމަށެވެ.
މިހާރު ހުށަހަޅައިފައިވަނީ ފްލެޓަށް އެދި 1،160 ފޯމު ކަމަށާއި، ގޯއްޗަށް އެދި 456 ފޯމު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.