ރޭ އެކަނިވެސް 4،196 މަސް ކޭސް ދޫކުރި
ސަން
25 ޖެނުއަރީ 2026 | އާދިއްތަ | 2:10
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސް ކޭސްތައް މާލެ ސަރަހައްދުގައި ރޭ ބަހަން ފަށައި, މިހާތަނަށް 4،000 އަށް ވުރެ ގިނަ ކޭސް ދޫކޮށްފައިވާ ކަމަށް، ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، މަސް ކޭސްތައް ދޫކުރުމަށް މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ މަރުކަޒުތަކުން 4،196 ކޭސް ރޭ 8:30އިން 11 ޖަހަންދެން ދޫކުރި ކަމަށެވެ.
އެންމެ ގިނައިން މަސް ކޭސް ދޫކުރީ ގަޅޮލު ދަނޑުން ކަމަށާއި، އެއީ 783 ކޭސް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.