ބައެއް ފިތުރޯނު ގަސްތައް ހުޅުމާލެއިން ކަނޑަނީ، އިމާރާތް ކުރުމަށް ދަތިވާތީ: އެޗްޑީސީ
ސަން
25 ޖެނުއަރީ 2026 | އާދިއްތަ | 6:52
ހުޅުމާލެއިން ބައެއް ފިތުރޯނު ގަސްތައް ކަނޑަނީ، އިމާރާތް ކުރުމަށް ދަތިވާތީ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ބައެއް ފިތުރޯނު ގަސްތައް ކަނޑާތީ، ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިގޮތުން، އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކްސްގައި ކޮމެންޓު ކުރި މީހަކު ބުނީ، ފިތުރޯނު ގަސްތައް ކެނޑުމާއެކު ހުޅުމާލެ ހިތްފަސޭހަ ތަނެއް ގޮތުގައި އޮތުން ނިމުމަކަށް އަންނާނެ ކަމަށެވެ. ގަސްތައް ކަނޑަނީ ރޭގަނޑުގެ ވަގުތުގައިކަން ފާހަގަކޮށް އެމީހާ ބުނީ މިހާރުވެސް ހުޅުމާލެ ފިތުރޯނު މަގުން ހިޔާކޮޅެއް ލިބެނީ ވަރަށް ކުޑަ ތަންކޮޅަކުން ކަމަށެވެ.