ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި، ޓީޗަރަކަށް 60 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ދައުވާތަކެއް އުފުލައިފި
ސަން
25 ޖެނުއަރީ 2026 | އާދިއްތަ | 7:35
ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ޓީޗަރަކަށް 60 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ދައުވާތަކެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އިން އުފުލައިފިއެވެ.
ޕީޖީ އޮފީހުން ދައުވާ ކުރުމަށް މ. ކޮޅުފުށީ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅީ، މ. ކޮޅުފުށި، ސާދާގެ ޝުއައިބު އަބްދުﷲގެ މައްޗަށެވެ.
ޕީޖީ އޮފީހުން ބުނީ، ޝުއައިބުގެ މައްޗަށް ދައުވާ ކުރުމަށް މިދިޔަ ބުދަ ދުވަހު ކޮޅުފުށީ ކޯޓަށް ހުށަހެޅީ، މ. އަތޮޅު މަދަރުސާގެ ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި ހުރެ، އެ ސްކޫލުގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.