ފުވައްމުލަކުގައި 18 އަހަރު ނުފުރޭ ކުއްޖަކު ދުއްވި ސައިކަލެއް އެކްސިޑެންޓު ވެއްޖެ
ސަން
25 ޖެނުއަރީ 2026 | އާދިއްތަ | 11:17
ފުވައްމުލަކުގައި 18 އަހަރު ނުފުރޭ ދެކުދިން ދުއްވި ސައިކަލެއް މިއަދު އެކްސިޑެންޓުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް މައުލޫމާތު ދިން ގޮތުގައި ފުވައްމުލަކު ސިޓީ، މާލެގަން، ނަރުގިސްމަގުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލަ މިއަދު 13:30 ކަށްހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.
އޭނާ ވިދާޅުވީ ބާރު ސްޕީޑުގައި ދުއްވި ސައިކަލު ދުއްވާފައި ވަނީ 18 އަހަރު ނުފުރޭ ކުއްޖެއް ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި ދެކުއްޖަކަށް އަނިޔާ ވެގެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.