"ގޮވިއްޖެ ނަދުރުން" މަޝްހޫރުވި ނުފޫޒުގަދަ ފިލްމީ ބައްޕަ ނައީމް ނިޔާވެއްޖެ

ސަން

26 ޖެނުއަރީ 2026 | ހޯމަ | 9:27

ދިވެހި ފިލްމު އިންޑަސްޓްރީގައި ނުފޫޒުގަދަ ބައްޕައެއްގެ ރޯލުން މަޝްހޫރުކަން ހޯދި ފަންނާނެއްކަމަށްވާ މުޙައްމަދު ނައީމް ނިޔާވެއްޖެއެވެ.

އެންމެ ގިނަ ބަޔަކަށް ނައީމް އެނގެނީ، އޭނާ ފެންނަ ލަވައެއްކަމަށްވާ "ގޮވިއްޖެ ނަދުރު" ލަވައިންނެވެ. މަޝްހޫރު ފަންނާނުން ކަމަށްވާ މަރިޔަމް ނިޝާއާއި، ޔޫސުފް ޝަފީއު (ޔޫއްޕެ) ފެންނަ އެ ލަަވަ ނިމޭއިރު ނައީމް ފެނެއެވެ. އެ ލަވައިގައި ވެސް އޭނާ ފެންނަނީ ވަރަށް ނުފޫޒު ގަދަ ބައްޕައެއްގެ ގޮތުގައެވެ.

މީގެ އިތުރުން ވެސް އޭނާ ވަނީ ބައެއް ޑްރާމާތަކުގައި ރޯލްތައް ކުޅެފައެވެ. ގިނަ ފިލްމުތަކުގައި ބައްޕައެއްގެ ރޯލުން ފެންނައިރު، ފެންނަނީ ވަރަށް ރުޅި ވެސް ގަދަ މީހެއްގެ ގޮތުގައެވެ. އޭނާ މަޝްހޫރުވި ފިލްމުތަކުގެ ތެރޭ "ޒުލޭޚާ" ވެސް ހިމެނެއެވެ.

މައުޟޫޢުތަށް