އިސްކަންދޭނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް، އެހެން މީހުން އަންނާނީ އޭގެ ފަހުން: މިނިސްޓަރު
ސަން
26 ޖެނުއަރީ 2026 | ހޯމަ | 10:56
މި ސަރުކާރުން އިއުލާނުކޮށްފައިވާ އާއިލާ ބޯހިޔާވަހިކަމުގެ ސްކީމްގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދޭނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ކަމަށާއި އެ ނޫން މީހުން އަންނާނީ އޭގެ ފަހުން ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ވަނީ އާއިލީ ބޯހިޔާވަހިކަމުގެ ސްކީމްގެ ތެރެއިން 15،000 ގޯއްޗާއި 7،900 ފުލެޓަށް އެދި ކުރިމަތުލުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އެ ސްކީމާ ގުޅޭ ގޮތުން ލިންކްޑްއިންގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ބޯހިޔާވަހިކަމުގެ ސްކީމަށް ޝަރުތު ހަމަވުމާ ގުޅޭ ގޮތުން ގިނަ ބަޔަކު ސުވާލުކޮށް، ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ. އެހެންވެ، ސްކީމާ ގުޅޭ މައުލޫމާތުތައް އޭނާ ވަނީ ވަރަށް ތަފުސީލީ ގޮތެއްގައި ހިއްސާކުރައްވާފައެވެ.