ތެލަސީމިއާ ތަހައްމަލުކުރަމުންދާ ކުދިންގެ ދަފުތަރެއް އެކުލަވާނުލެވި ގިނަދުވަސް ވާތީ މިނިސްޓަރާ ސުވާލުކުރަނީ

ސަން

26 ޖެނުއަރީ 2026 | ހޯމަ | 11:28

ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ކުދިންގެ ތަފުސީލާއި އެ ކުދިންގެ ޑޯނަރުންގެ ތަފުސީލު ހިމެނޭ ދަފުތަރެއް ގާއިމް ނުކުރެވި ގިނަ ދުވަސް ނަގާ ސަބަބު ހޯދުމަށް ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމާ ސުވާލުކުރަން އިއްޔެ ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ސުވާލުގައިވަނީ، ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނާއި ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައި ދޭ ލޭގެ ޚިދުމަތާބެހޭ ގައުމީ ނިޒާމު ގާއިމްކޮށް، ތެލަސީމިއާ ކުދިންނާއި އެ ކުދިންނަށް ލޭ ހަދިޔާކުރާ ފަރާތްތަކުގެ ތަފުސީލު ހިމެނޭ ދަފުތަރެއް ގާއިމްކުރެވިފައިނުވާ ކަމަށެވެ.

އަދި ލޭ ހޯދުމަށް ދިމާވާ ދަތިތަކަށް ޒަމާނީ ހައްލެއް ނުގެނެވޭ ކަމަށްވެސް އެ ސުވާލުގައި ފާހަގަ ކުރައްވާފައިވެއެވެ.

މައުޟޫޢުތަށް