ލޭ ދޭ ފަރާތްތަކުގެ ދަފުތަރެއް ނެތުމުން ސުވާލުކުރަނީ

ސަން

26 ޖެނުއަރީ 2026 | ހޯމަ | 12:24

ތެލަސީމިއާ ބަލި ތަހައްމަލުކުރަމުން ދާ މީހުންނަށް ލޭ ދޭ ފަރާތްތަކުގެ މައުލޫމާތާއި އެ ފަރާތްތަކުގެ ލޭގެ ތަފުސީލު ހިމެނޭ ފުރިހަމަ ދަފުތަރެއް ގާއިމްނުކުރެވި ދިގުލައިގެން ދާތީ ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމާ ސުވާލުކުރަން އިއްޔެ ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ސުވާލުގައިވަނީ، ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނާއި ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައި ދޭ ލޭގެ ޚިދުމަތާބެހޭ ގައުމީ ނިޒާމު ގާއިމްކޮށް، ތެލަސީމިއާ ކުދިންނަށް ލޭ ދޭނެ ފަރާތްތަކުގެ ގޮތުގައި އެ ކުދިން ތައާރަފުކޮށްދޭ ފަރާތްތަކާއި، އެ ފަރާތްތަކުގެ ލޭގެ ތަފުސީލު ދަފުތަރެއް ގާއިމްކުރުމަށް ގިނަ ދުވަސް ނަގާ ކަމަށެވެ.

އަދި ލޭ ހޯދުމަށް ދިމާވާ ދަތިތަކަށް ޒަމާނީ ހައްލެއް ނުގެނެވޭ ކަމަށްވެސް ކުޑޫ ފާހަގަ ކުރައްވާފައިވެއެވެ.

މައުޟޫޢުތަށް