ރަސްމީ މައުލޫމާތުން ސާބިތުނުވާނަމަ މާލޭގައި ދިރިއުޅޭކަމުގެ ލިޔުން ނުދޭން އަންގައިފި

ސަން

26 ޖެނުއަރީ 2026 | ހޯމަ | 4:20

ކައުންސިލުން ބަލަހައްޓާ ރަސްމީ މައުލޫމާތުން، އެ މީހަކީ މާލޭގައި ދިރިއުޅުނު މީހެއްކަން ސާބިތުނުވާނަމަ އެ ފަދަ ލިޔުން ކައުންސިލްތަކުން ދޫނުކުރަން، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފިއެވެ.

މީގެ ހަތަރު ދުވަސް ކުރިން އެލްޖީއޭއިން ފޮނުވި ސިޓީގައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ބިން ނުވަތަ ފުލެޓަށް ކުރިމަތިލުމަށް ޓަކައި އެ ފަރާތަކީ މާލޭގައި، ދިރިއުޅޭ ފަރާތެއްކަން، އަންގައިދޭ ލިޔުން ހޯދުމަށް އެކި، ފަރާތްތަކުން ކައުންސިލްތަކަށް ހުށަހަޅަމުން ގެންދާތީ އެފަދަ ލިޔުމެއް ކައުންސިލުން ދޫކުރުމާމެދު "ލަފައަކަށް އެދި ގިނަ ކައުންސިލްތަކަކުން އެ އޮތޯރިޓީގައި އެދުމުން އަންނަ ކަމަށެވެ.

އެއާއެކު އެލްޖީއޭއިން ބުނީ، ބިމާއި ފުލެޓަށް އެދި، ހުށަހަޅާ ފަރާތްތަކުން މާލޭގައި، ދިރިއުޅުނު މުއްދަތު ސާބުތިކޮށްދިނުމަށް ހުށަހެޅިދާނެ، ލިއެކުންތަކުގެ ތެރޭގައި، ދައުލަތުގެ އިދާރާއަކުން، ރަސްމީކޮށް ބަލަހައްޓާ ލިޔެކިއުންތަކާއި، މަޢުލޫމާތުތަކުން މާލޭގައި. ދިރިއުޅުނުކަން ސާބިތުވާނަމަ، އެ އިދާރާއަކުން ދީފައިވާ ލިޔުން ހުށަހެޅިދާނެކަމަށެވެ.

މައުޟޫޢުތަށް