އީފާސްއިން ޚިދުމަތް ހޯދަން 90 ޕަސެންޓު މީހުންނަށް ނޭނގޭ، އަމިއްލަ ކެންޑިޑޭޓުން ސޮއި ހޯދުމުގެ އުސޫލު ބަދަލުކުރަން ޖެހޭ: އުމަރު

ސަން

26 ޖެނުއަރީ 2026 | ހޯމަ | 5:49

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރާ މީހުން، މަދުވެގެން 50 މީހުންގެ ތާއިދު އޮތްކަން ހާމަކޮށްދޭން ޖެހެނީ އީފާސް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޕޯޓަލްއަށް ވަދެގެން ކަމަށްވާއިރު، އެ އުސޫލާ ގުޅޭ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލީ މިމަހުގެ 17ވަނަ ދުވަހެވެ. އެ ފުރުސަތު ހުޅުވާލީ އަންނަ އާދީއްތަ ދުވަހުގެ ދަންވަރު 12 ޖެހުމުގެ ނިޔަލަށެވެ.

އެ އިންތިޚާބަށް ކުރިމަތިލާން އެދޭނަމަ، ފޯމް ހުށަހަޅަން ޖެހެނީ އީސީގެ މައި ޕޯޓަލަށް އީފާސް މެދުވެރިކޮށް ލޮގިން ވެގެންނެވެ. އަދި އަމިއްލަ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން މަދުވެގެން 50 މީހުންގެ ތާއީދު ހޯދަން ޖެހޭއިރު، ތާއިދު އޮތްކަން ހާމަކުރުމަށް ވެސް އީފާސްއިން އެ ޕޯޓަލްއަށް ވަންނަން ޖެހެއެވެ.

މައުޟޫޢުތަށް