ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓުކޮށް، ތަފާސްހިސާބު ބަލަހައްޓަން އެންޑީއެމްއޭއިން ޕްލެޓްފޯމެއް އިފުތިތާހުކޮށްފި
ސަން
26 ޖެނުއަރީ 2026 | ހޯމަ | 6:45
ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓުކުރުމާއި ތަފާސްހިސާބު ބެލެހެއްޓުން ޑިޖިޓަލްކޮށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީން (އެންޑީއެމްއޭ) ''ޑާލާ"ގެ ނަމުގައި ޕްލެޓުފޯމެއް އިފުތިތާހުކޮށްފިއެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޑާލާ ޕްލެޓްފޯމް އިފުތިތާހުކޮށްދެއްވީ، ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
އެންޑީއެމްއޭއިން އިފުތިތާހުކުރި، "ޑާލާ" ޕްލެޓްފޯމަކީ ކާރިސާތަކުގައި ލިބޭ ގެއްލުންތައް ރިފޯޓުކުރުން ޑިޖިޓަލްކޮށް، ކާރިސާތަކާ ގުޅޭ ރިޕޯޓުތައް ތައްޔާރުކުރުމާއި ހެކީގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ނިޒާމު ހަރުދަނާކުރުމަށް ފަރުމާކޮށްފައިވާ ގައުމީ ޑިޖިޓަލް ޕްލެޓްފޯމެކެވެ.