މީޑިއާ ކޮމިޝަނުގެ ގާނޫނު ބާތިލު ކުރަން އެދި، އެމްޖޭއޭއިން ހައިކޯޓަށް މައްސަލައެއް ހުށަޙަޅައިފި

ސަން

26 ޖެނުއަރީ 2026 | ހޯމަ | 7:42

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނު ބާތިލުކޮށްދިނުމަށް އެދި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޖޭއޭގެ ރައީސް އަހުމަދު ނާއިފް ވިދާޅުވީ، އެ މައްސަލަ ނިމެންދެން މީޑިއާތަކުގެ މައްޗަށް ފިޔަވަޅު ނޭޅޭ ގޮތަށް ކޮމިޝަނުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާ ކަމަށެވެ. އެ ގާނޫނަކީ ރާއްޖޭން ބައިވެރިވެފައި ހުރި ބައިނަލްއަގުވާމީ މުއާހަދާތަކާއި ރާއްޖޭގެ ގާނޫނުއަސާސީއާ ޚިލާފަށް އެކުލަވާލާފައި އޮތް ގާނޫނެއް ކަމަށް ނާއިފު ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، އަދަދު ނޫހުގެ އިތުރަށް އެހެން މީޑިއާތަކުގެ މައްޗަށް ކޮމިޝަނުން ފިޔަވަޅު އަޅާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ. މިގޮތުން، މީޑިއާ ކޮމިޝަނުން ފިޔަވަޅު އަޅަނީ، ގާނޫނާ ޚިލާފަށް ކަމަށް އެމްޖޭއޭއިން ދެކޭ ކަމަށް ނާއިފް ވިދާޅުވިއެވެ.

މައުޟޫޢުތަށް