ރާއްޖޭގެ އިގުތިސާދީ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުމުގެ އަގުވަޒަން ކުރަން: ރައީސް

ސަން

26 ޖެނުއަރީ 2026 | ހޯމަ | 8:13

ރާއްޖޭގެ އިގުތިސާދީ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުރުމުގެ އަގުވަޒަން ކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް ވަނީ، އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް މުރްމުއަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި، ދެ ގައުމުގެ ފަސްދޮޅަސް އަހަރުވީ ރަޙުމަތްތެރިކަން ބިނާކޮށްފައިވަނީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރާއި، އިޙުތިރާމުގެ ބިންގަލުގެ މަތީގައިކަމަށް ވިދާޅުވިއެވެ.

މައުޟޫޢުތަށް