ބޮޑު ބަންދަށް ފަހު، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
ސަން
27 ޖެނުއަރީ 2026 | އަންގާރަ | 8:55
ސްކޫލުތަކުގެ ދަރިވަރުންނަށް ލިބުނު ބޮޑު ބަންދަށް ފަހު، މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދިރާސީ އާ އަހަރުގެ ކިޔެވުން ރަސްމީކޮށް ފަށައިފިއެވެ.
ދަރިވަރުން އެ އައީ ޑިސެންބަރު މަހު ލިބުނު ބޮޑު ޗުއްޓީންނެވެ.
މިދިޔަ ދިރާސީ އަހަރު ނިންމައި ޑިސެންބަރު 25 ގައި ވަނީ ދަރިވަރުންނަށް ބޮޑު ޗުއްޓީ ދީފައެވެ. އެއީ، ކުރިން ޗުއްޓީއަށް ގެނައި ބަދަލު، އަލުން ކުރިން އޮތް ގޮތަށް ބަދަލުކޮށް ދަރިވަރުންނަށް ޑިސެންބަރު މަހު ބޮޑު ޗުއްޓީ ލިބުނު ފުރަތަމަ ދިރާސީ އަހަރެވެ.