ގައުމަށް ކުރިމަގު ހޯދައިދެވޭނީ ދަރިވަރުން ތަރުބިއްޔަތުކުރުމުގައި އިޚުލާސްތެރިވީ ވަރަކުން: ރައީސް
ސަން
27 ޖެނުއަރީ 2026 | އަންގާރަ | 9:26
އާންމުން އެދޭ ފަދަ ކުރިމަގެއް މި ގައުމަށް ހޯދައިދެވޭނީ ދަރިވަރުން ތަރުބިއްޔަތުކުރުމުގައި އެންމެން އެއްބާރުލައި އިޚުލާސްތެރިވީ ވަރަކުން ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްުޒު މިއަދު ވިދާޅުވެއްޖެއެވެ.
ސްކޫލުތަކުގެ ދަރިވަރުންނަށް ލިބުނު ބޮޑު ބަންދަށް ފަހު، މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދިރާސީ އާ އަހަރުގެ ކިޔެވުން ވަނީ ރަސްމީކޮށް ފަށައިފައެވެ.
އެހެންވެ، ދަރިވަރުންނަށާއި މުދައްރިސުންނަށް ދިރާސީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވައި ރައީސް 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައިވަނީ، އިސްލާމްދީނަށާއި ދިވެހި ގައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރިންތަކެއް މި ގައުމުގައި ބިނާކުރެވޭނީ، ތައުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމަށެވެ.