ރައީސްގެ ނަސޭހަތް ދަރިވަރުންނަށް: ދުވަސް ފަށަންވާނީ ފަތިސް ނަމާދުން، ފަރުޟު ނަމާދުތައް ވަގުތަށް އަދާކުރަންވާނެ
ސަން
27 ޖެނުއަރީ 2026 | އަންގާރަ | 10:33
ކޮންމެ ދުވަހެއްވެސް ފަތިސް ނަމާދުން ފަށައި، ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދަރިވަރުންނަށް މިއަދު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
ރައީސް މިހެން ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި، 2،500 ދަރިވަރުންގެ ޖާގަ ބޮޑު ޝަހީދު ޢަލީ ސްކޫލު މިއަދު ހުޅުވައިދެއްވުމަށް ފަހުގައި އެ ރަސްމިއްޔާތުގައެވެ.
އެގޮތުން ދަރިވަރުންނާ މުޚާތަބުކުރައްވައި ރައީސް ވަނީ، ތައުލީމީ ހަޔާތަކީ ގައުމަށާއި މުޖުތަމައަށް ބޭނުންތެރިގޮތެއްގައި ބޭނުންހިފޭ ދުވަސްތަކަކަށް ހެދުމަށާއި، މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭއިރު، އަބަދުވެސް އެކަން ހަނދާނުގައި ބަހައްޓައި، ދިރިއުޅުމުގެ ހުރިހާ ކަމެއް ތަރުތީބުން ކުރިއަށް ގެންދިއުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.