އަސާސީ ތަކެތީގެ އަގުތައް ތިން އިންސައްތަ އުފުލިއްޖެ، އެންމެ ބޮޑުވީ ކާނާގެ އަގު
ސަން
27 ޖެނުއަރީ 2026 | އަންގާރަ | 10:36
މިދިޔަ ޑިސެންބަރު މަހު ވެސް ހުއްޓުމެއް ނެތި އަސާސީ ތަކެތީގެ އަގުތައް ބޮޑުވެފައިވާ ކަމަށާއި އެންމެ ބޮޑަށް ބޮޑުވީ ކާނާގެ އަގު ކަމަށް ނެޝަނަލް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ އިދާރާއިން އިއްޔެ ވަނީ މިދިޔަ މަހު އަސާސީ ތަކެތީގެ އަގުތަކަށް އައި ބަދަލުތަކުގެ ހިސާބު އާންމުކޮށްފައެވެ.
ސްޓެޓިސްޓިކްސް ބިރުއޯގެ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު އަސާސީ ބާވަތްތަކުގެ އަގުތައް ވަނީ އަހަރުން އަހަރަށް ބަލާއިރު 2.95 ނުވަތަ ތިން އިންސައްތަ އުފުލިފައެވެ. އެއީ، ނިސްބަތުން ބޮޑު އަދަދެކެވެ. އަދި، މަހުން މަހަށް ބަލާއިރު ވެސް މިދިޔަ މަހު ވަނީ އޭގެ ކުރީ މަހާ ބަލާއިރު އަސާސީ ތަކެތީގެ އަގުތައް 1.16 އިންސައްތަ އުފުލިފައެވެ.