އިންޑިއާއާއި ރާއްޖޭގެ މަންފާއަށް ކުރާ މަސައްކަތް ކުރިއަށް ގެންދާނަން: މޯދީ
ސަން
27 ޖެނުއަރީ 2026 | އަންގާރަ | 10:23
އިންޑިއާގެ ރައްޔިތުންނާއި ދިވެހި ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި ކުރާ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.
އިއްޔެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ދްރައުޕަތީ މުރްމުއަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާ ފޮނުއްވާފައެވެ.
އިނގިރޭސިބަހުން ރައީސް މުއިއްޒު ކުރެއްވި އެ ޕޯސްޓަށް ދިވެހިބަހުން މޯދީ މިއަދު ދެއްވި ޖަވާބުގައި ވިދާޅުވީ، އެ ގައުމުގެ ޖުމްޙޫރީ ދުވަހުގެ މުނާސަބަތުގައި އަރިސްކުރެއްވި ތަޙުނިޔާއާއި ހެޔޮއެދުން އިހުތިރާމާ އެކު ބަލައިގަންނަވާ ކަމަށެވެ.