ދަރިވަރުންގެ ކިބައިގައި އަޚްލާގު އަށަގަންނުވަން އަންނަ މަހު މުޅި އަހަރަށް ހިންގާ ޕްރޮގްރާމެއް ފަށަނީ
ސަން
27 ޖެނުއަރީ 2026 | އަންގާރަ | 12:13
މި އަހަރު އެޑިއުކޭޝަން މިނިސްޓްރީން ކުރަން ނިންމައިފައި އޮތް އެންމެ މުހިންމު އެއް ކަމަކީ، ދަރިވަރުންގެ ކިބައިގައި އަޚްލާގު އަށަގަންނުވަން މުޅި އަހަރަށް ބަހައިލައިގެން ޕްރޮގްރާމެއް ކުރިއަށް ގެންދިއުން ކަމަށާއި އަންނަ މަހު އެކަން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
މި ދައުރުގައި އަލަށް ހުޅުވި ފުރަތަމަ ސްކޫލުކަމަށްވާ، ހުޅުމާލެ ފޭސް ދޭއްގެ ޝަހީދު ޢަލީ ސްކޫލް ހުޅުވުމަށް، ދަރިވަރުންނާއި، މުދައްރިސުން ބައިވެރިވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަފީއު ވިދާޅުވީ އެންމެ މުހިންމު ކަމަކަށް މި އަހަރު ކުރަން ކަނޑައަޅައިފައިވަނީ، މުޅި އަހަރަށް ބަހައިލައިގެން ތަރުބަވީ ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުން ކަމަށެވެ.
އެއީ ދަރިވަރުންގެ ކިބައިގައި ރިވެތި އަޚްލާގް އަށަގަންނުވަން ހިންގާ ޕްރޮގްރާމެއް ކަމަށާއި، އަންނަ މަހުގެ ތެރޭ އެ ޕްރޮގްރާމް ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ.