ތަން ބަދަލުވި ގޯތިތަކުގެ އާ ރަޖިސްޓްރީއާ ހަވާލުވާން ހުޅުވާލައިފި، ގުޅިފަޅުން ލިބުނު މީހުންނަށް އިތުރު ފުރުސަތެއް

ސަން

27 ޖެނުއަރީ 2026 | އަންގާރަ | 11:03

މިދިޔަ ސަރުކާރުގެ ފަހުކޮޅު ހުޅުމާލޭ ތިންވަނަ ފިޔަވަހިންނާއި ގުޅިފަޅުން ދޫކުރި ބައެއް ގޯތިތައް ހުރި ތަންތަނަށް ބަދަލު ގެނައުމާ ގުޅިގެން، އެ ގޯތިތަކުގެ ކުރީގެ ރަޖިސްޓްރީ ބާތިލުކޮށް، އާ ރަޖިސްޓްރީތަކާ ހަވާލުވާން ހައުސިން މިނިސްޓްރީން މިއަދު އެދިއްޖެއެވެ.

ޑިސެންބަރު 19 ގައި ސަރުކާރުން ވަނީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭންއަށް ބަދަލު ގެނެސްފައެވެ. އެހެންވެ، ޖެހިގެން އައި ދުވަހު ވަނީ އެ މީހުންގެ މެދުގައި އަލުން ގުރުއަތު ލާފައެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ބަދަލާ ގުޅިގެން ކުރިން ދޫކުރި ބަންޑާރަ ގޯތީގެ ރަސްޖިސްޓްރީ ބާތިލުކޮށްފައިވާ ކަމަށެވެ. އަދި، މިހާތަނަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފައިނުވާ މީހުންނަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމާއި ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރަން ވެސް ހަމަޖެހިފައިވާ ކަމަށެވެ.

މައުޟޫޢުތަށް