ފުލެޓު ލިބޭ ދެމަފިރިން ވަރިވުމުން ދިމާވާ ކަންކަން ބަލާނެ ކަމަށް ރައީސް ވިދާޅުވި: ޖަމިއްޔާތައް
ސަން
27 ޖެނުއަރީ 2026 | އަންގާރަ | 11:49
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފުލެޓު ލިބުނު ދެމަފިރިންގެ ތެރެއިން ވަރިވެފައި ތިބި މީހުންނަށް ދިމާވާ މައްސަލަތައް ބަލާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ ކަމަށް މާލޭ ގެދޮރުވެރިންގެ ޖަމިއްޔާއިން ބުނެފިއެވެ.
މާލޭ ރައްވެހިންގެ ޖަމިއްޔާއާއި ގިރާވަރު ޖަމިއްޔާއާއި ގުޅީފަޅާއި ގިރާވަރުން ގޯތި ލިބުނު ބައެއް މީހުންނާ އިއްޔެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި، ފުލެޓު ލިބުނު ދެމަފިރިންގެ ތެރެއިން ވަރިވެފައި ތިބި މީހުންގެ މައްސަލަތަކާއި، ހައުސިން ސްކީމްތަކުން ވަކިވާން ބޭނުންވާ ފަރާތްތަކުގެ ކަންބޮޑުވުންތައް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް އެ ޖަމިއްޔާތަކުން ބުންޏެވެ. އޭގެ އިތުރުން މި ސަރުކާރުން މިދިޔަ ނޮވެންބަރު މަހު އިއުލާނުކުރި މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ބައެއް އުސޫލުތަކަށް ބަދަލު ގެނައުމަށް ވިސްނަވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް ބުންޏެވެ.