ސަރުކާރު ހިންގަނީ ރަނގަޅު ސިޔާސަތުތަކެއްގެ މަތީކަން ރައްޔިތުން ގަބޫލުކުރޭ: ސާޖިދާ

ސަން

27 ޖެނުއަރީ 2026 | އަންގާރަ | 12:08

މިއަދު، ސަރުކާރު ހިންގަމުން އަންނަނީ ރަނގަޅު ސިޔާސަތުތަކެއްގެ މަތީގައިކަން ރައްޔިތުން ގަބޫލުކުރާކަމަށް، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރޭ ވިދާޅުވެއްޖެއެވެ.

މާފަންނު ދެކުނު ދާއިރާގައި ކެމްޕޭން ޖަގަހަ ހުޅުވުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވިދާޅުވީ، މިއަދު ސަރުކާރު ހިނގަމުން އަންނަނީ ރަނގަޅު ސިޔާސަތުތަކެއްގެ މަތީގައިކަން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެނގޭ ކަމަށެވެ.

ދީނީ ގޮތުން ސަރުކާރުން ގެންގުޅޭ އުސޫލުތައް ވެސް ހުރިހާ ރައްޔިތުން ގަބޫލުކުރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ވޭޕާއި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އިޖްތިމާއީ ގޮތުން ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ވަރަށް އުނދަގޫ ނިންމެވުންތަކެއް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވިކަމަށް ސާޖިދާ ވިދާޅުވިއެވެ.

މައުޟޫޢުތަށް