އަނެއްކާވެސް އިތުރު ކުންފުންޏަކަށް ބަދަލުވާން، މޯލްޑިވް ގޭސްއިން ރުކުމާ އިސްތިއުފާ ދެއްވައިފި
ސަން
27 ޖެނުއަރީ 2026 | އަންގާރަ | 12:17
މި ސަރުކާރުގައި ގިނަ ކުންފުނިތަކެއްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ކަން ކުރެއްވި, މުހައްމަދު އަބްދުލްކަރީމް (ރުކުމާ) މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެހާތަނަށް އެއީ މި ސަރުކާރުގައި ރުކުމާ ކުންފުނި ބަދަލުކުރެއްވި ތިންވަނަ ފަހަރެވެ. ސަރުކާރު އައުމާއެކު އެންމެ ފުރަތަމަ އޭނާ އައްޔަންކުރެއްވީ ކުނި މެނޭޖުކުރާ ވެމްކޯގެ ޑީއެމްޑީއަކަށެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އޭނާ ވަނީ ފެނަކައިގެ ޑީއެމްޑީއަކަށް ބަދަލު ކުރައްވައިފައެވެ.
އޭގެ ފަހުން ދެން ބަދަލުވެ ވަޑައިގެންނެވީ މޯލްޑިވް ގޭސްގެ ޑީއެމްޑީގެ މަގާމަށެވެ.