ބްރިޖު, ގިރާވަރާ ގުޅާލުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަމުގެ ޔަގީންކަން ރައީސް ދެއްވި: ޖަމިއްޔާތައް
ސަން
27 ޖެނުއަރީ 2026 | އަންގާރަ | 3:46
މިދިޔަ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ތިލަމާލެ ބުރިޖުގެ ބައިތަކުގެ ތެރެއިން ގިރާވަރުފަޅާ ގުޅާލާ ބައިގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ ކަމަށް މާލޭ ގެދޮރުވެރިންގެ ޖަމިއްޔާއިން ބުނެފިއެވެ.
މާލޭ ރައްވެހިންގެ ޖަމިއްޔާއާއި ގިރާވަރު ޖަމިއްޔާއާއި ގުޅީފަޅާއި ގިރާވަރުން ގޯތި ލިބުނު ބައެއް މީހުންނާ އިއްޔެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި އަންނަ އަހަރު ގިރާވަރު ގުޅާލެވޭ ބުރިޖުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވި ކަމަށާއި ބޯހިޔާވަހިކަމުގެ ގާނޫނަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ބައެއް މައްސަލަތައް ހައްލުވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިކަމަށް މާލޭ ގެދޮރުވެރިންގެ ޖަމިއްޔާއިން ބުންޏެވެ.