އިންޑިއާގެ ޖުމްހޫރީ ދުވަސް ރާއްޖޭގައި ވެސް ކުލަގަދަކޮށް ފާހަގަކޮށްފި

ސަން

27 ޖެނުއަރީ 2026 | އަންގާރަ | 1:23

އަވައްޓެރި އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މާލޭގައި ރޭ ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

އިންޑިއާގެ 77ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ހަފްލާގައި ވަނީ ކުރީގެ ރައީސުން ކަމަށްވާ އިބްރާހިމް މުޙައްމަދު ޞާލިހާއި، މުޙައްމަދު ނަޝީދާއި، އެހެން އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން މި ސަރުކާރުގެ ވަޒީރުންނާއި، ރާއްޖޭގައި ތިއްބަވާ އެކި ގައުުމުތަކުގެ ސަފީރުން ވެސް ހިމެނެއެވެ.

އިންޑިއާގެ 77ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ހަފްލާ ތެރެއިން -- ސަން ފޮޓޯ: މޫސާ ނަދީމް

މައުޟޫޢުތަށް