47 އަހަރުގެ ޚިދުމަތަށް ފަހު، ފުރަތަމަ ތަމުރީނުވި ދިވެހި ވެދާ ފޯކާސްޓަރު އަލީ ޝަރީފް ރިޓަޔާކުރައްވައިފި
ސަން
27 ޖެނުއަރީ 2026 | އަންގާރަ | 1:42
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުގައި 47 އަހަރު ޚިދުމަތްކުރެއްވުމަށް ފަހު، އެ އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަލީ ޝަރީފް މިއަދު މަގާމުން ރިޓަޔާކުރައްވައިފިއެވެ.
އޭނާއަށް 2024 ވަނަ އަހަރު ވަނީ ގައުމީ ޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.
ޖުމުލަ 47 އަހަރުގެ ޚިދުމަތަށް ފަހު މިއަދު އަލީ ގެއަށް ވަޑައިގެންނެވުމުން މޫސުމާ ބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އޭނާއަކީ ފުރަތަމަ ތަމުރީނުވި ވެދާ ފޯކާސްޓަރު ކަމަށެވެ. ރާއްޖޭގައި ފުރަތަމަ ކަނޑާއި އޭވިއޭޝަންގެ ފޯކާސްޓްތައް ނެރެން ފެއްޓެވީ އޭނާއެވެ.