48 ގަޑިއިރުތެރޭ މާލޭގެ ގޭބިސީތަކަށް 12 ހާހަށްވުރެ ގިނަ މަސްކޭސް ދޫކޮށްފި

ސަން

27 ޖެނުއަރީ 2026 | އަންގާރަ | 3:58

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސް ކޭސްތައް މާލެ ސަރަހައްދުގައި ބަހަން ފެށިތާ 48 ގަޑިއިރުތެރޭ 12،000 ހާހަށް ވުރެ ގިނަ މަސްކޭސް ދޫކޮށްފައިވާ ކަން ލޯކަލް ގަވަނަންސް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މިއީ މަސްކޭސް ދޫކުރާ ދެވަނަ އަހަރެވެ. މިއަހަރު މަސްކޭސް ދޫކުރަން ފެށީ ހޮނިހިރު ދުވަހުގެރެއެވެ. އެރޭ އެކަނިވެސް 4،196 ކޭސް ދޫކުރިއެވެ.

މިނިސްޓްރީން މީޑިއާތަކާ ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ރޭގެ ނިޔަލަށް މާލެ ސަރަހައްދުގެ ގޭބިސީތަކަށް 12،274 މަސްކޭސް ދޫކޮށްފައިވެއެވެ.

މައުޟޫޢުތަށް