އެސްއީޒެޑުގައި ހިންގޭ މަސައްކަތްތަކަށް ތެލާއި މައުދަން ހޯދުން އިތުރުކޮށްފި
ސަން
27 ޖެނުއަރީ 2026 | އަންގާރަ | 6:12
ދިވެހިރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)އެއްގައި ހިންގޭ މަސައްކަތްތަކަށް ތެލާއި މައުދަން ހޯދުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިތުރުކުރައްވައިފިއެވެ.
ރައީސް މިއަދު އެ ކަން އިއުލާނުކުރެއްވީ، ގެޒެޓުގައި ޝާއިއުކުރެއްވި ގަރާރެއްގައެވެ.
މިދިޔަ އަހަރުގެ ގަރާރުގައި އޮތީ ހަމައެކަނި ގޭސް ހޯދުމެވެ. އެކަމަކު، މި އަހަރުގެ ގަރާރަށް ވަނީ، ގޭހާއި ތެލުގެ އިތުރަށް މައުދަން ހޯދުމުގެ މަސައްކަތް އިތުރުކޮށްފައެވެ.