އަޙްމަދިއްޔާގެ ގްރޭޑު އެކަކުން އަށަކަށް، ތާނައާއި ޢަރަބި ލިއުން މަޖުބޫރު މާއްދާއަކަށް ހަދައިފި

ސަން

27 ޖެނުއަރީ 2026 | އަންގާރަ | 7:25

އަޙްމަދިއްޔާ ސްކޫލުގެ ގްރޭޑު އެކަކުން ފެށިގެން އަށަކަށް ކިޔަވާ ދަރިވަރުންނަށް ތާނަ އާއި ޢަރަބި ލިއުމަކީ މަޖުބޫރު ދެ މާއްދާއެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

'ސަން' އާ ވާހަކަ ދައްކަވަމުން އަޙްމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު މިރޭ ވިދާޅުވީ، ސްކޫލު ނިމޭއިރު ބައެއް ދަރިވަރުންނަށް އެ ކުދިންގެ ނަން ވެސް ޢަރަބިބަހުން ލިޔަން ނޭނގޭ ކަމަށާއި، މިހާރު ތާނަވެސް ރީތިކޮށް ލިއުމުގެ ހުނަރު ތަރައްގީނުކުރެވޭ ކަމަށެވެ.

ރަޝީދު ވިދާޅުވީ، ތާނަ އަކުރުތައް އެ އަކުރުތަކުގެ ހަމަތަކާ އެއްގޮތަށް، ލިޔަން އެނގެނީ މަދު ކުއްޖަކަށް ކަމަށެވެ. އަދި، މިހާރު ގޭގޭގައި އިނގިރޭސިބަހުން ބެލެނިވެރިން ކުދިންނާ މުއާމަލާތުކުރާތީ ދިވެހިބަހަށް މިހާރު އޮންނަ ލޯބި ދަށްވެއްޖެކަން އޭނާ ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް