ޒާޔާ އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ؛ ކެންޑިޑޭޓުންނަށް ބިރު ދައްކަން އުޅޭ ކަމަށް އެމްޑީޕީގެ ތުހުމަތު
ސަން
27 ޖެނުއަރީ 2026 | އަންގާރަ | 8:58
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު، ހުޅުމާލެ އުތުރު ދާއިރާގެ ރައީސް އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ފާތިމަތު ޒަހިއްޔާ (ޒާޔާ) އަނެއްކާވެސް ފުލުހަށް ހާޒިރުކުރަން ޗިޓު ފޮނުވައިފިއެވެ.
އެ ޗިޓުގައި ބުނެފައި ވަނީ، ޒާޔާ ފުލުހަށް ހާޒިރުކުރަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތަރު ވަނަ ދުވަހު، ޒާޔާ ފާތިމަތުގެ ނަމުގައި ހިންގާ އެކައުންޓަކުން ފުލުހުންނަށް އިންޒާރު ދީފައިވާ މައްސަލައެއްގައި ކަމަށެވެ.
އެއީ، އެ މައްސަލައިގެ ތުހުމަތުގައި ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ޗިޓުގައި ވަނީ ބުނެފައެވެ.