ތިމާވެށީގެ ޖޫރިމަނާތަކުން ދައުލަތަށް 930.3 މިލިއަން ރުފިޔާ ނުލިބޭ
ސަން
27 ޖެނުއަރީ 2026 | އަންގާރަ | 10:37
ތިމާވެށީގެ ޖޫރިމަނާތަކުން ދައުލަތަށް ސެޕްޓެމްބަރު 16، 2024ގެ ނިޔަލަށް، 930 މިލިއަން ރުފިޔާ ނުލިބި އެބަ އޮތް ކަމަށް އޮޑިޓު ރިޕޯޓަކުން ދައްކައިފިއެވެ.
އޮޑިޓު އޮފީހުން މިއަދު އާންމުކުރި އެންވަޔަރަމެންޓް މިނިސްޓްރީގެ 2019، 2020 އަދި 2021ގެ ކޮމްޕްލަޔަންސް އޮޑިޓުގައި ވަނީ، ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް ކޮށްފައިވާ ޖޫރިމަނާތަކަށް 930.3 މިލިއަން ރުފިޔާ ދައުލަތަށް ނުލިބި އޮތްކަން ފާހަގަކޮށްފައެވެ. ނަމަވެސް، އެ ޖޫރިމަނާގެ އިތުރު ތަފުސީލެއް ހިމަނާފައެއް ނުވެއެވެ.
އެހެންވެ، އެ ފައިސާ އަނބުރާ ހޯދުމަށް މިނިސްޓްރީން ބައެއް ކަންކަން އިސްލާހު ކުރުމަށް އޮޑިޓުގައި ވަނީ ލަފާ ދީފައެވެ.