ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހުށަހެޅި 1،040 ފޯމު ބަލައިގަނެ، 236 ފޯމެއް ބަލައިނުގަނޭ

ސަން

27 ޖެނުއަރީ 2026 | އަންގާރަ | 11:29

ކައުންސިލް އިންތިޚާބުގައި ވާދަކުރަން އިއްޔެގެ ނިޔަލަށް ހުށަހެޅި ފޯމުތަކުން ކެންޑިޑެންސީ ބަލައިގަތީ، 1،040 ފޯމެއްގެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ވަނީ، އިއްޔެގެ 23:00އަށް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަން ހުށަހެޅި ފޯމުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެ ހިސާބުތަކުން އެނގޭ ގޮތުގައި، ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހުށަހެޅި ފޯމުތަކުން ކެންޑިޑެންސީ ބަލައިގަތީ، 1،040 ފޯމެއްގެ ކަމަށްވާއިރު، 236 ފޯމެއް ބަލައިގެންފައެއް ނުވެއެވެ.

މައުޟޫޢުތަށް