ސާފް ޗެމްޕިއަންޝިޕް ތަށި ހޯދި ގައުމީ ފުޓްސަލް ޓީމަށް، ހަވާއެރުވުމާއެކު ހޫނު މަރުހަބާއެއް
ސަން
27 ޖެނުއަރީ 2026 | އަންގާރަ | 11:16
ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑާއެކު، ސަރަހައްދީ ފުޓްސަލް ރަސްކަން ހޯދި ދިވެހި ގައުމީ ފުޓްސަލް ޓީމު ރާއްޖެ އައުމުން މިރޭ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ފުރަތަމަ މެޗުގައި ޕާކިސްތާނު އަތުން 7-1ގެ ނަތީޖާއަކުން ރާއްޖެ މޮޅުވިއިރު، ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން މޮޅުވީ 6-1 ގެ ނަތީޖާއަކުންނެވެ. ތިންވަނަ މެޗުގައި ސަރަހައްދުގެ ގަދަބާރު އިންޑިއާ އަތުން މޮޅުވީ 5-0 އިންނެވެ.
ނޭޕާލް އަތުން 2-1 އިން މޮޅުވިއިރު، ބޫޓާންގެ މައްޗަށް ކުރި ހޯދައި ތަށި ކަށަވަރުކުރީ 3-1 އިންނެވެ. އެއަށް ފަހު ލަންކާއާ ދެކޮޅަށް ކުޅެ ރާއްޖެ ވަނީ 5-2އިން މޮޅުވެފައެވެ.