ބައްސާމްގެ ފަސް އަހަރުގެ ޖަލު ހުކުމް ވެސް އިސްތިއުނާފު ކޮށްފި
ސަން
28 ޖެނުއަރީ 2026 | ބުދަ | 4:03
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް އޭނާ އިސްތިއުނާފުކޮށްފިއެވެ.
ބައްސާމްގެ މައްޗަށް އިއްވި، ފަސް އަހަރުގެ ހުކުމަކީ އޭނާގެ މައްޗަށް އިއްވި ދެވަނަ ހުކުމެވެ. އޭނާ ހުރީ ޖުމްލަ ހަތަރު ހުކުމެއްގައި 32 އަހަރަށް ޖަލަށްލާފައެވެ. ދެވަނަ ހުކުމް އިސްތިއުނާފު ކޮށްފައިވަނީ މިދިޔަ ހަފްތާގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ބައްސާމް ކުރިން ވަނީ ހިޔާނާތުގެ ކުށް ސާބިތުވެ، އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމްވެސް އިސްތިއުނާފުކޮށްފައެވެ.